ދަރިވަރުންނަށް ޕޭމަންޓްތައް ޑިލޭ ވަނީ ޔުނިވާސިޓީ ތަކުން ކުރު ޑެޑްލައިނެއްގަ އިންވޮއިސް ފޮނުވާތީ

ދަޕްރެސް

4 މާރިޗު 2026 | ބުދަ | 3:18

ސްޓޫޑަންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ޕޭމަންޓްތައް ޑިލޭ ވަނީ ބައެއް ޔުނިވާސިޓީ ތަކުން ކުރު ޑެޑްލައިނެއްގަ އިންވޮއިސް ފޮނުވާތީކަމަށް މިނިސްޓާ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދޫކުރާ ބައެއްކަހަލަ ޕޭމަންޓްތަކުގައި ޑިލޭތަކެއް އުޅޭކަމަށާއި، އަދި މިކަން މިހެން ދިމާވަނީ ތިން އިދާރާއަކުން ބަލާފަ ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖައްސާއިރު ބައެއް ޔުނިވާސިޓީ ތަކުން ކުރު ޑެޑްލައިނެއްގަ އިންވޮއިސް ފޮނުވާތީކަމަށެވެ.

ނަމަވެސް ޕޭމަންޓް ޑިލޭވާ މައްސަލަ ވަރަށް ބޮޑަށް ހައްލުވެފައިވާކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ދަރިވަރުންނަށް ޕޭމަންޓް ބޭނުންވާ މުއްދަތުގެ ތެރެއިން އެންމެ ގިނަވެގެން ދެ ހަފްތާ ކުރިންވެސް ޕޭމަންޓް ދެވިފައިވާ ހުރިކަމަށް ހައިދަރު ފާހަގަކުރެއްވިއެވެ. އަދި އެންމެ ގިނަވެގެންވެސް މުއްދަތުގެ ދެހަފްތާ އާ ހިސާބަށް 75 ޕަސެންޓާއި 80 ޕަސެންޓް ޕޭމަންޓް މިއަހަރުވެސް ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް