މިސަރުކާރުން 6 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށް ހިދުމަތްދޭން ފަށައިފި

ދަޕްރެސް

4 މާރިޗު 2026 | ބުދަ | 3:42

މަސްވެރިކަމުގެ މޫސުމުގައި އައިސް ހޯދުމަށް ހުށައެޅޭ ގޮންޖެހުންތައް މަދު ކުރުމުގެ ގޮތުން މިސަރުކާރުން 6 ރަށެއްގައި އައިސް ޕްލާންޓް ގާއިމުކޮށް ހިދުމަތްދޭން ފަށާފައިވާކަމަށް މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ މިސަރުކާރު އައި އިރު މަސްވެރި ސިނާޔަތުގަ ހުރި މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގަ ރަނގަޅު މަސްވެރިކަމެއްގަ އައިސް ނުލިބޭ ވާހަކަ އާއި، އެކި ރަށްރަށުންނާއި، މަސްވެރިކަން އިތުރަށް ކުރިއަރުވަން ބޭނުންވާ އެކި ސަރަހައްދުތަކުން އައިސް ޕްލާންޓް ގާއިމުކުރުމުގެ ރިކުއެސްޓް ކޮށްފައިވާކަމަށެވެ. މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގަ އަހައްމިއްޔަތުކަމެއް ދެއްވާފަވާފަދައިން، މިސަރުކާރުން އެންމެ މުހިންމުކަމެއްގެ ގޮތުގައި މަސްވެރިކަމުގެ މޫސުމުގައި އައިސް ހޯދުމަށް ހުށައެޅޭ ގޮންޖެހުންތައް މަދު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މައުޟޫޢުތަށް