މަހުގެ އަގު ފްލޯޓްކޮށް ހުރިހާ އެންމެނަށްވެސް އެއިން އުފާވެރިކަން ލިބޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފަ: ޝިޔާމް
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 4:13
މަހުގެ އަގު ފްލޯޓްކޮށް ހުރިހާ އެންމެނަށްވެސް އޭގެ އުފާވެރިކަން ލިބޭނެ ނިޒާމް މިސަރުކާރުން ގާއިމުކޮށްފައި ވާކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯއިން ކަޅުބިލަ މަހުގެ އަގު ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިފްކޯ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށާއި، ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ގޮތަށް މަހުގެ އަގު 16 ރުފިޔާއަށްވުރެއް ދަށް ނުވާގޮތަށް މަހުގެ އަގު ގެންގުޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަހުގެ އަގު މިހާރު ފްލޯޓް ކުވެފައިވުމުން އެހެން ޕްރައިވެޓް ކުންފުނިތަކާއެކު މިފްކޯއިންވެސް ކޮމްޕެޓިޝަނެއްގެ ތެރެއަށް ވަދެވިފާވާކަމަށެވެ. މިހެންކަމުން މާކެޓަށާއި، މިފްކޯގެ ސަޕްލަޔަރުންގެ ޑިމާންޑަށް ބަލާފައި ބައެއް ދުވަސް ދުވަހު 17 ރުފިޔާ އަށް، 18 ރުފިޔާ އަދި 18.50 އަށްވެސް މިފްކޯއިން މަސްގަނެފައި ވާކަމަށެވެ.