ފްލެޓާއި ގޯއްޗަށް އެދި 18000 އަށްވުރެއް ގިނަ އެޕްލިކޭޝަން

ދަޕްރެސް

4 މާރިޗު 2026 | ބުދަ | 5:42

މިސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން، އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ރެންޓު އޯން ސްކީމްގެ ތެރެއިން ފްލެޓާއި ގޯއްޗަށް އެދި 18000 އަށްވުރެއް ގިނަ އެޕްލިކޭޝަންތައް އެކި މަރުހަލާގައި އޮތްކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އާއިލީ ބޯހިޔާވަހިކަމުގެ ތަފާސް ހިސާބަށް ބަލާއިރު، މިހާތަނަށް 18399 އެޕްލިކޭޝަނެއް ޑްރާފްޓިކޮށް، އަދި ސަބްމިޓް ކޮށްފަ ހުރި އެޕްލިކޭޝަން ތެރޭ ހިމެނޭ ކަމަށެވެ. އެގޮތުން 2513 އެޕްލިކޭޝަން ބިމަށް ކުރިމަތިލާ ފަރާތްތަކުން ސަބްމިޓްކޮށްފައިވާއިރު، 2851 އެޕްލިކޭޝަން ޑްރާފްޓް ސްޓޭޖްގަ ހިމެނެއެވެ. އަދި ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން 3396 އެޕްލިކޭޝަން ސަބްމިޓްކޮށްފައިވާއިރު، 8466 އެޕްލިކޭޝަން ޑްރާފްޓް ސްޓޭޖްގަ ހިމެނެއެވެ. މީގެއިތުރުން ހިޔާއަށް ހާއްސަ ކެޓަގަރީގެ ޑްރާފްޓްގައި 220 އަދި ސަބްމިޓްކޮށްފަ 953 އެޕްލިކޭޝަން ހިމެނެއެވެ.

މައުޟޫޢުތަށް