އަލް އަބްރާރުން އުމްރާ ދަތުރު ކެންސަލް ކުރި 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ދަތުރު ހަމަޖައްސައިދީފީ

ދަޕްރެސް

4 މާރިޗު 2026 | ބުދަ | 7:17

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެއްސުއްމަށްފަހު ފަހު ވަގުތު ދަތުރު ކެންސަލް ކޮށްލި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން 28 މީހަކު ހައްޖު ކޯޕަރޭޝަން ގްރޫޕުގެ ދަށުން މިއަދު އުމްރާއަށް ފުރުވާލައިފިއެވެ.

އަލް އަބްރާރް ގްރޫޕުން އުމްރާއަށް ފުރަން ހަމަޖެހިފައިވާ މީހުންގެ ދަތުރު ކެންސަލް ކުރި މައްސަލައިގައި ރޭ އެ ގްރޫޕްގެ އޮފީސް ކައިރިއަށް މީހުން އެއްވެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލަ ފެންމަތިވީއިރު ރޭ ފުރަން ހަމަޖެހިފައިވާ 110 މީހަކަށް ނުފުރިގެން ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

އެ ސަރަހައްދުގައި ތިބި މީހުން ބުނެފައިވާ ގޮތުގައި އުމްރާ އަށް ފުރުމުގެ ކުރިން އެ ދުވަހުގެ ހެނދުނު ދަބަސްތައް ގެންދިއުމަށް އެންގި ކަމަށާއި ފަހުން އެންގީ އެއާޕޯޓަށް ދަމުން ދަބަސް ގެންދިއުމަށް ކަމަށެވެ، އެ އެންގުމަށް ފަހު، ގްރޫޕުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އުމްރާ ދަތުރު ކެންސަލް ކުރިކަން އެ ބައްދަލުވުމުގައި އަންގައި ސަބަބެއް ކަމަށް ބުނީ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އަށް މި މަހުގެ 26 ގެ ފަހުން ވެސް ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ.

މައުޟޫޢުތަށް