މިއަދު ޝެޑިއުލްކޮށްފައި އޮތް 53 ފްލައިޓުން 18 ފްލައިޓް ވަނީ ކެންސަލްވެފް: މިނިސްޓަރު އަމީން

ދަޕްރެސް

4 މާރިޗު 2026 | ބުދަ | 6:05

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިއަދު ރާއްޖެއަށް އަންނަން ޝެޑިއުލްކޮށްފަ އޮތް 53 ފްލައިޓުން 18 ފްލައިޓް ކެންސަލްކޮށްފައިވާކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

މިނިސްޓާ ވިދާޅުވީ މެދުއިރުމައްޗަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އެއާ ކަނެކްޓިވިޓީ އޮތް، އަދި އެންމެ ގިނަ ޓުއަރިސްޓުން މެދުއިރުމަތީ މަގުން ރާއްޖެ އަންނަ ހަބެއްގެ ގޮތުގައި އޮތުމުން، މެދުއިރުމަތީގެ ހަނގުރާމައިގެ އިމްޕެކްޓް ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑުބާއީ، އަބޫދާބީ، ދޯހާ، ޝާރްޖާ، އަދި ބަހްރައިން ހިމެނޭހެން ރާއްޖެ އަންނަން މިއަދު އޮތް 18 ފްލައިޓް ކެންސަލްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ޝެޑިއުލްކޮށްފަ ހުރި އެތަކެއް ފްލައިޓްތަކެއް ކެންސަލް ވަމުން ދިއުމަކީ މިދާއިރާއަށް ހުރި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް