އެމެރިކާއިން ލަންކާ ކައިރިން އީރާނުގެ މަނަވަރަކަށް ހަމަލާދީ ފައްތާލައިފި
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 8:42
ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ބޭރުން އީރާނުގެ އަސްކަރީ މަނަވަރަކަށް ހަމަލާދީ އެމެރިކާއިން އެ މަނަވަރު ފައްތާލައިފިއެވެ.
ލަންކާ ސަރުކާރާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހާދިސާގައި 32 ފަޅުވެރިއަކަށް އަނިޔާވެފައިވާއިރު އެ ފަރާތްތައް ވަނީ ސަލާމަތްކޮށްފައެވެ. އަދި މަރުވެފައިވާ ބައެއް މީހުންގެ ހަށިތައްވެސް ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ސްރީލަންކާއާ ދުރުން ދަތުރުކުރަމުންދިޔަ އީރާނުގެ މި މަނަވަރު ފައްތާލާފައިވަނީ އެމެރިކާގެ ސަބްމެރީނަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައެވެ.