އީރާން ހަނގުރާމަ: ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ ހުރިހާ ފަަރާތްތަކަކުން ތެލުގެ އަގު ބޮޑުކޮށްފި
ދަޕްރެސް
5 މާރިޗު 2026 | ބުރާސްފަތި | 9:11
އިޒްރޭލާއިން އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އީރާނުން ދޭން ފެށި ރައްދު ހަމަލާތަކުގައި ތެލުގެ އިންޑަސްޓްރީއަށް ލޮޅުން އަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުމުން ރާއްޖޭގައި ވެސް ތެލުގެ ބާވަތްތަކުގެ އަގުތައް އުފުލިއްޖެއެވެ.
ތެޔޮ ވިއްކާ މައި ކުންފުނި، އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދުން ފެށިގެން ބަދަލުވާނެ ކަމަށެވެ.
އެގޮތުން، 13.50ރ. އަށް ވިއްކަމުން ގެންދިޔަ ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 16.01ރ. އަށެވެ. އެއީ 2.51ރ. ގެ ބޮޑުވުމުކެވެ.