އަބްރާރު ގުރޫޕުގެ މީހުން އުމްރާއަށް ގެންގޮސްފައި ނުވަނީ މަގުބޫލު އުޒުރެއްނެތި، ހުއްދަ ހިފަހައްޓައިފި

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 9:46

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެއްސުއްމަށްފަހު ފަހު ވަގުތު ދަތުރު ކެންސަލް ކޮށްލި މައްސަލައިގައި އެ އުމްރާ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.

އުމްރާއަށް ފުރަން ހަމަޖެއްސުއްމަށްފަހު ފަހު ވަގުތު ދަތުރު ކެންސަލް ކޮށްލި މައްސަލައިގައި އިއްޔެ ރޭ ވަނީ އެ ގްރޫޕްގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައި ތިބި ބައެއް ފަރާތްތަކުން އެ ގްރޫޕްގެ އޮފީސް ކައިރިއަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ސަރަހައްދުގައި ތިބި މީހުން ބުނެފައިވާ ގޮތުގައި އުމްރާ އަށް ފުރުމުގެ ކުރިން އެ ދުވަހުގެ ހެނދުނު ދަބަސްތައް ގެންދިއުމަށް އެންގި ކަމަށާއި ފަހުން އެންގީ އެއާޕޯޓަށް ދަމުން ދަބަސް ގެންދިއުމަށް ކަމަށެވެ. އެ އެންގުމަށް ފަހު، ގްރޫޕުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އުމްރާ ދަތުރު ކެންސަލް ކުރިކަން އެ ބައްދަލުވުމުގައި އަންގައި ސަބަބެއް ކަމަށް ބުނީ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އަށް މި މަހުގެ 26 ގެ ފަހުން ވެސް ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ.

މައުޟޫޢުތަށް