ހަނގުރާމައަށް ދިޔުމަށްފަހު ތުރުކީގައި ތާށިވި 14 އަހަރުގެ ކުއްޖަކާއި އޭނާގެ މަންމަ ގެނެސްފި

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 11:16

ހަނގުރާމައަށް ދިޔުމަށްފަހު ތުރުކީގައި ތާށިވި ދެ ދިވެއްކެއްސަކު އަނބުރާ ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ވަކި އުސޫލެއްގެ މަތިން އެ ފުރުސަތު ދެމުންދާ ކަަމަށެވެ.

އަދި އެފަދަ ފަރާތްތަކުން ރާއްޖެ އައުމަށްފަހު 3 މަހުގެ ރިހިބިލިޓޭޝަނެއް ފުރިހަމަ ކުރުމަށްފަހު ނޫނީ އެމީހުން މުޖްތަމައުއަށް ނުނެރެވޭނެ ކަމަށް ގާނޫނުގައި ބުނެފައި ވާއިރު އެގޮތުގެ މަތިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މައުޟޫޢުތަށް