ދޮޅުމަހުން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި 2 މިލިއަނެއްހާ ސިނގިރޭޓު އަތުލައިގަތް: އިހުސާން

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 11:30

ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭއިން 72.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ޑްރަގްގެ ސަޕްލައި މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގުމަތީ އަގަށް ބަލާނަމަ އެއީ 72.2 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗެވެ.

މައުޟޫޢުތަށް