އަލަށް އިމާރާތް ކުރާ 6 ކައުންސިލް އިދާރާއެއްގެ މަސައްކަތް ނިންމާލައިފި
ދަޕްރެސް
5 މާރިޗު 2026 | ބުރާސްފަތި | 3:16
ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން އިމާރާތްކުރާ 6 ރަށެއްގެ ކައުންސިލު އިދާރާގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތްތައް ނިމިފައިވާ ކައުންސިލު އިދާރާތަކަކީ ތ. ކިބިނދޫ، ށ. ނޫމަރާ، ލ. ކަލައިދޫ، މ. ރަތްމަންދޫ އަދި މ. ވޭވަށުގެ އިތުރުން އަދި އދ. ހަންޏާމީދޫ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 5 ރަށެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާކަމަށެވެ. އޭގެތެރޭގައި ފ. ބިލެތްދޫ، ހއ. ހޯރަފުށީ، އދ. ދިއްދޫ އަދި ގދ. ހޯޑެއްދޫގެ އިތުރުން ހދ. ކުރިނބީ ހިމެނެއެވެ.