ސްޓެލްކޯގެ ކަސްޓަމާ ސާވިސް ޕޯޓަލް "ވަށަނި" އިފްތިތާހްކޮށްފި
ދަޕްރެސް
5 މާރިޗު 2026 | ބުރާސްފަތި | 6:05
ޒަމާނީ ފަސޭހަތަކާއެކު، ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތަކަށް އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓެލްކޯގެ ކަސްޓަމާ ސާވިސް "ވަށަނި" ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓާ ޑރ. އަލީ އަޒުވަރުއެވެ.
ހިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބެންހުރި މި ޕޯޓަލްގައި އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގް ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ހިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުސަތު ލިބިގެންދާނެވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، ވަށަނި ޕޯޓަލް މެދުވެރިކޮށް ކަރަންޓުގެ ހިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބެމުންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.