ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދުވަސް ފާހަގަ ކުރަން ހާއްސަ ފިނިބުރެއް

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 6:07

މާދާމާ ފާހަގަ ކުރާ ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދުވަސް ފާހަގަ ކުރަން ހާއްސަ ފިނިބުރެއް ބޭއްވުމަށް ހަމަޖެހިފައިވާކަަމަށް މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިނިސްޓާ ވިދާޅުވީ، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދުވަހަކީ މާދަމާ ކަމަށާއި، އަދި މިދުވަސް ފާހަގަ ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަަމަށެވެ. އެގޮތުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަރަށް ހާއްސަ ފިނިބުރެއް މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓާ ވިދާޅުވީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ދުވަސް ފާހަގަ ކުރަން ބާއްވާ ހާއްސަ ފިނިބުރަކީ މާލެ ވަށާ އޮންނަ އާއިލީ ފިނިބުރެއްކަމަށެވެ.

މައުޟޫޢުތަށް