އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖަންސް ވެރިޔައަކަށް އިޝާން އައްޔަންކޮށްފި

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 6:04

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސް ވެރިޔާ މުހައްމަދު އިޝާން މިއަދު އައްޔަން ކޮށްފިއެވެ.

އެ މަގާމަށް އޭނާ އައްޔަން ކުރީ އެފްއައިޔޫގެ އިސްވެރިއަކަށް އެންމެފަހުން ހުންނެވި އިސްމާއިލް ސާޖިދު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް ކުރިމަތިލާން އެމްއެމްއޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއުކޮށްގެންނެވެ.

އިޝާނަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ)ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެކެވެ.

މައުޟޫޢުތަށް