ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ދަޕްރެސް

5 މާރިޗު 2026 | ބުރާސްފަތި | 8:57

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ. އެއާއެކު އޭނާ ހުންނެވި މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދާ ވަނީ ހަވާލުކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުން މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށާއި، މި ފުރުސަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މައުޟޫޢުތަށް