2027 ވަނަ އަހަރުގެ އައިޓީބީ ބާލިންގެ ހޮސްޓް ގައުމަކަށް ދިވެހިރާއްޖެ
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 10:48
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވޭ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް މައުރަޒު ކަމަށްވާ "އައިޓީބީ ބާލިން" 2027 ގެ ރަސްމީ ހޮސްޓް ގައުމަކަށް ދިވެހި ރާއްޖެ ހޮވައިފިއެވެ.
މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ބުނީ މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވުނީ އައިޓީބީ ބާލިން 2026 ގެ ތެރޭގައި ކަމަށެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ. މެސޭ ބާލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. މާރިއޯ ޓޯބިއަސްއެވެ.
އައިޓީބީ ބާލިންގެ ހޮސްޓް ގައުމުގެ ޝަރަފު ލިބުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.