ކައުންސިލް މެޖޯރިޓީ ދީފިނަމަ އައްޑޫއިން ތަފާތު ފެންނާނެ: މިނިސްޓަރު ޝިޔާމް
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 2:31
މުޅި ގައުމުގެ ކުރިމަގާ ތަރައްގީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށާއި، އެ ތަސައްވުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޓީ އަކީ އައްޑޫކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ އައްޑޫ ސިޓީ ކެންޑިޑޭޓުންގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުުގައި ޝިޔާމް ވިދާޅުވީ އައްޑޫގައި ހުރި ޒަމާންވީ ބޮޑެތި މައްސަލަތައް ހައްލުކުރަން ރާވާފައިވާ ކަންކަން ރައީސްގެ މެނިފެސްޓޯގައި އެބަހުރި ކަމަށެވެ.
އެހެންނަމަވެސް އެމްޑީޕީ ސަރުކާރުން ދިޔައީ ވަތްގަނޑު ހުސްކޮށްލާފައި ކަމަށްވާތީ ކަންކަން ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.