ރޯދަމަހަށް ފަހު،ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަނީ!
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 2:34
ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހަމައްދު ޝަހީމް އަލީ ސައީދު ވިދާޅުވެއްްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މި މިސްކިތުގެ މަސައްކަތް ރޯދަމަހަށް ފަހު ފެށިގެންދާނެ ކަމަށެވެ. މިކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފަައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއައު މިސްކިތާއެކު މާލެ ގެ ބޮޑެތި ހުރިހައި މިސްކިތެެއް އާވެގެން ދާނެ ކަމަށެވެ.
ބަންޑާރަ މިސްކިތަކީ މާލޭގެ އެންމެ ކާރުބާރު ބޮޑު ހިސާބުގައި ހުންނަ މިސްކިތެއްކަމުން ހުރިހާ ނަމާދު ވަގުތެއްގައިވެސް މި މިސްކިތަށް ގިނަ ބަޔަކު ނަމާދަށް ދާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އަލަށް ބިނާކުރާ ޒަމާނީ މިސްކިތާއެކު މިސްކިތުގެ ޖާގަގައިގެ ދަތިކަމުގެ މައްސަލަ ހައްލުވެގެން ދާނެއެވެ.