ޕިކަޕަކުން ގަސްތުގައި ސައިކަލެއްގައި ޖެއްސި މީހަކު ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖަހައިފި

ދަޕްރެސް

6 މާރިޗު 2026 | ހުކުރު | 6:49

ޕިކަޕަކުން ގަސްތުގައި ސައިކަލެއްގައި ޖެއްސިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރުކޮށް, ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދު މުއްދަތު ނިމޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މައުޟޫޢުތަށް