ޑްރަގާއެކު ތައިލެންޑުން ހައްޔަރުކުރި ދިވެއްސަކު އެ ގައުމުގެ ޖަލުގައި މަރުވި މައްސަލައެއް ފުލުހުން ބަލަނީ
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 6:44
މަސްތުވާތަކެއްޗާއެކު ތައިލެންޑުން ހައްޔަރު ކުރި ދިވެއްސަކު އެ ގައުމުގެ ޖަލުގައި މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑު ޖަލުގައި ބަންދުކޮށްފައި ހުއްޓާ މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އަހްމަދު ނަބީހު އިބްރާހިމް 22އ. ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހު ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.