ކެރެޓުގެ އަގު ބޮޑު ތަނުން ހެޔޮ ވެއްޖެ، ކިލޯއެެއް 10 ރުފިޔާއަށް
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 11:05
އެސްޓީއޯއިން ވިއްކާ ކެރެޓުގެ އަގު ބޮޑުތަނުން ހެޔޮކޮށް، ކިލޯއެއް 10 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
މިއަދު އާންމުކޮށްފައިވާ އެސްޓީއޯއިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، ކުރިން ކެރެޓު ކިލޯއެއް 37 ރުފިޔާ އަށް ހުރިއިރު، ކެރެޓު ކިލޯއެއް ހުރީ 10 ރުފިޔާއަށެވެ.
ކެރެޓުގެ އިތުރުން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި، އަދި ބައެއް ތަރުކާރީ އާ މޭވާގެ ބާވަތްތައް ވެސް ވަނީ އަގު ހެޔޮކޮށްފައެވެ. އެގޮތުން ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯގެ އަގު ހުރީ 10 ރުފިޔާއަށެވެ. ކުރިން 14 ރުފިޔާއަށް ވިއްކި އަލުވި ކިލޯއެއްގެ އަގު 12 ރުފިޔާއަށް ހުރިއިރު ކުރިން 75 ރުފިޔާއަށް ވިއްކި ސްޕިނެޗް ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާއަށެވެ.