އެކި މާއްދާތަކުން މުއްސަނދިވެފައިވާ މުރަނގަފަތް ވެސް ތިކަނީ ފައިދާއެއް ނެތް ގޮތަށް ތެލުލައިގެން، ވިސްނާލަމާ!
ދަޕްރެސް
7 މާރިޗު 2026 | ހޮނިހިރު | 1:32
އަަހަރުމެން ދިވެހީންގެ ތެރޭގައި އެންމެ ގިނައިން ކައިއުޅޭ އެއް ފަތްޕިލާވެލީގެ ބާވަތަށް މުރަނގަފަތް ވާނެއެވެ. އޭގައި ކެލްސިއަމް، ވިޓަމިން ސީ، ޕޮޓޭސިއަމް، އަޔަން، ވިޓަމިން އޭ އަދި ޒަރޫރީ އެމިނޯ އެސިޑް ގިނަ އަދަދަކަށް އެކުލެވޭއިރު މި ފަތް ކައުމުގައި ބޭނުން ކުރެވެނީ އެންމެ އެދެވޭ ގޮތް ކަމާމެދު ސުވާލު އުފެދެއެވެ؟
މުރަނގަފަތް ގިނައިން މި ކެވެނީ ތެލުލައިގެން އޭގެ ތެރެއަށް ތެލުލި މަހާއި ތެލުލި ފިޔާ، ލޮނުމެދު އަދި ލޮނު އަޅައިގެންނެވެ. އެހާ ސިއްހަތަށް ފައިދާ ކުރާ ބާވަތެއް މިފަދައިން ކެއުމަކީ އޭގެ ފައިދާ އެއްވެސް ވަރަކަށް ކުރާނެ ކަމެއް ނޫނެވެ. ތެލުގައި ތެލުލުމުން ހަށިގަނޑަށް ލިބެނީ އިތުރު ގެއްލުމަކަށްވާއިރު ހަށިގަނޑުގައި ޖަހަނީ އިތުރު ސަރުބީއެވެ. އެހެންކަމުން މި އާދަ ދޫކޮށް ސިއްހަތަށް ފައިދާ ކުރަނިވި ގޮތަކަށް މުރަނގަފަތް ކެވިދާނެ ގޮތްތަކާއި މިފަތުގައި އެކުލެވޭ ފައިދާތަަކަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.
މުރަނގަ ފަތަކީ ކެރެޓާއި އޮރެންޖާއި ކިރަށް ވުރެވެސް އޭގައި ހުންނަ ނިއުޓްރިޝަންގެ މިންވަރު މަތި އެއްޗެކެވެ. މުރަނގަފަތުގައި އެންޓިފަންގަލް އާއި އެންޓިވިރަލް އާއި އެންޓި-ޑިޕްރެސެންޓް ގެ އިތުރަށް ފާރު ހިއްކުމާއި ދުޅަ ތިރި ކޮށްދޭ ކަހަލަ ބާރުތައް އެކުލެވިގެންވެއެވެ.