2 ކާރާއި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ދަޕްރެސް
7 މާރިޗު 2026 | ހޮނިހިރު | 9:58
ރޭ ދަންވަރު 2 ކާރާއި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ މާލެ އިން ހުޅުމާލެ އަށް ދަތުރު ކުރާ ފަޅީ ހައިވޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.