ރަށު ބަދިގެއިން މާލޭގެ ބާޒާރަށް: ކޭކު އެޅުމުގައި ނަމޫނާ ޒުވާނެއް

ދަޕްރެސް

8 މާރިޗު 2026 | އާދިއްތަ | 10:50

ކޮންމެ އިންސާނަކީ ވެސް އަމިއްލަ ހުނަރާއި ފަންނުވެރިކަން ކުރިއެރުވުމަށް އެދޭނެ މީހެކެވެ. މިއަދުގެ މުޖުތަމައުގައި ތަފާތު އެކި ދާއިރާތަކުން ޒުވާނުން އަންނަނީ އެމީހުންގެ ހުނަރު ދައްކަމުންނެވެ. މީގެ ތެރެއިންވެސް ކާބޯތަކެތި ތައްޔާރުކުރުމާއި، ވަކިން ހާއްސަކޮށް ކޭކު އެޅުމުގެ ދާއިރާއަކީ ފަހަކަށް އައިސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ދާއިރާއެކެވެ.

މި ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ޒުވާނަކީ، އޭނާގެ ފޮނި އުންމީދުތަކާއެކު މި ދާއިރާގެ އުސްމިންތަކަށް ދަތުރުކުރަމުންދާ ހީވާގީ ޒުނާކެވެ. އެގޮތުން "ދަ ޕްރެސް"ގެ މީހުން ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ކޭކު އެޅުމާއި ތަފާތު އެކި ޑެޒާޓްސްތައް ހަދަމުންދާ އުމުރުން 34 އަހަރުގެ އަފާ ޝަފީއުގެ ވާހަކައެވެ.

މި ކާމިޔާބު ދަތުރުގެ ފެށުން އައީ އަފާގެ އުފަން ރަށް އައްޑޫއިން، އާއިލާގެ ގާތުންނެވެ. ކޭކު އެޅުމުގެ ފުރަތަމަ ފިޔަވަޅުތައް އޭނާ އެޅީ ގޭތެރޭގެ ބަދިގޭގައެވެ.

މައުޟޫޢުތަށް