އަމާން ދޯދި ފްލެޓެއް ކުއްޔަށް ދޭން ޝެހެނާޒް އުޅުނު މައްސަލައެއް ބަލަނީ!
ދަޕްރެސް
7 މާރިޗު 2026 | ހޮނިހިރު | 1:29
ހުޅުމާލޭގައި ހުންނަ އަމާން ދޯދި ފްލެޓެއް ކުއްޔަށް ދިނުމަށް، ޓިކްޓޮކްގައި މަޝްހޫރު ޝެހެނާޒް މޫސާ އިޝްތިހާރެއް ޖެހި މައްސަލަ ފެން މަތިވެއްޖެއެވެ.
ޝެހެނާޒް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ އެ ފްލެޓުގައި އަދި އެއްވެސް ފަރުނީޗަރެއް ނެތްކަމަށާއި އެހެންނަމަވެސް ބަދިގޭގެ ފަރުނީޗަރު ހަދާފައިވާ ކަމަށެވެ. މަހަކު 23،000 ރުފިޔާ އަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ މި ފްލެޓާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ގުޅި މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އަމާން ދޯދި ފްލެޓެއް ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ޓެގްކޮށް ޖަހާފައިވާ މި ޕޯސްޓާ ގުޅިގެން ހަމްދާން ވިދާޅުވީ، އެކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަން ބެލުމަށް އޭނާގެ ޓީމަށް އަންގާފައިވާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.