އައްޑޫ ސިޓީ ފޭދޫ ކައިރީގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެ އަނދަނީ!

ދަޕްރެސް

7 މާރިޗު 2026 | ހޮނިހިރު | 2:05

އައްޑޫ ސިޓީ ފޭދޫ ކައިރީގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ފޭދޫ ބަނދަރު ބޭރުގައި އަޅައިފައި އޮތް ޑައިވިން ދޯންޏެއްގައި އަލިފާން ރޯވެގެން ސަދަން އޭރިއާ ކޮމާންޑް ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ދޯނީގައި ވަރަށް ބޮޑަށް ރޯވެ ކަޅު ދުން އަރަމުން އަންނައިރު އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅޭ ފަރާތަކުން ބުނީ ވަރަށް ބާރު އެއްޗެހިތަކެއް ގޮވާ އަޑުވެސް އިވުނު ކަމަށެވެ.

މައުޟޫޢުތަށް