ބަންޑާރަ މިސްކިތުގެ ބަހުސް ބޮޑުވެ، އެންމެ ފަހުން ޝަހީމް ވިދާޅުވީ ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށް

ދަޕްރެސް

7 މާރިޗު 2026 | ހޮނިހިރު | 4:41

ބަންޑާރަ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ނިންމުމާއެކު އެއީ ހިމާޔަތް ކުރަން ޖެހޭ ތަނެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުން ގޮތެއް ނިންމަވާނީ މަޝްވަރާއަށްފަހު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގަރުނެއްހާ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލައި އެތަނުގައި އާ މިސްކިތެއް އަޅަން ނިންމާފައިވާކަން ޝަހީމް އިއުލާން ކުރެއްވީ އިއްޔެއެވެ. މިގޮތުން ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތް އެޅުމުގެ މަސައްކަތް މި ހިނގާ ރޯދަ މަހަށްފަހު ފަށާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް އެއީ ތާރީހީ ބިނާއެއް ކަމަށް ބުނެ އިއްޔެ ވަނީ ތާރީހު ދިރާސާކުރާ ފަރާތްތަކުގެ އިތުރުން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް