އެފްޑީސީ އާއި އެޗްޑީސީ ގުޅިގެން "އަމާން ކޮމިއުނިޓީ ރޯދަ ވީއްލުން" ބާއްވައިފި

ދަޕްރެސް

7 މާރިޗު 2026 | ހޮނިހިރު | 7:52

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން ހުޅުމާލޭ ފޭސް 2 ގައި ގާއިމްކޮށްފައިވާ "އަމާން" އުދަރެސް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން މިއަދު ހަވީރު ކޮމިއުނިޓީ ރޯދަ ވީއްލުމެއް ބޭއްވައިފިއެވެ.

ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މި ރޯދަ ވީއްލުން މިއަދި ބާއްވާފައިވަނީ ހަވީރު 05:00 އިން ފެށިގެން 06:45 އަށް، ހުޅުމާލޭ ފޭސް 2 ގެ ދުނބުރިގަސް މަގު (އުދަރެސް ޓަވަރު 11 އަދި 13 ކުރިމަތީ) ގައެވެ.

އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ އަހަރުވެސް ވަނީ ރޯދަ ވީއްލުންތަކެއް ބާއްވާފައި ވެއެވެ.

މައުޟޫޢުތަށް