ރަށްރަށުގައި ފަށާފަ ހުރި މަޝްރޫއުތައް ނިންމަން މި އިންތިހާބު ކާމިޔާބު ކުރަންޖެހޭ: ފަލާހް

ދަޕްރެސް

7 މާރިޗު 2026 | ހޮނިހިރު | 11:43

ރާއްޖޭގެ ތަރައްގީއަށް ކުރަން ނިންމާފައި ހުރި ކަން ކަން ފުރިހަމަ ކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ މި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއެވެ.

ފަލާހް މިހެން ވިދާޅުވެފައިވަނީ މިރޭ އާޓިފިޝަލް ބީޗުގައި އޮތް ޕީއެންސީގެ ދަ ގްރޭޓާ އައްޑޫ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހް ވިދާޅުވީ، ރާއްޖޭގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބަކީ އެންމެ ބޮޑު އިންތިހާބު ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ ކޮންމެ ވެރިއަކަށް މި އިންތިހާބު ކާމިޔާބު ކުރަން މުހިންމު ވާނެކަމަށެވެ. ފަލާހް ވިދާޅުވީ ކައުންސިލްތަކަކީ އެއިރެއްގެ އޮންނަ ސަރުކާރަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭން ތިބޭ ބައެއްކަމަށެވެ.

މައުޟޫޢުތަށް