އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި
ދަޕްރެސް
8 މާރިޗު 2026 | އާދިއްތަ | 12:09
އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަޝްރޫއުއެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ ރޭ އާޓިފިޝަލް ބީޗުގައި އޮތް ޕީއެންސީގެ ދަ ގްރޭޓާ އައްޑޫ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އައްޑޫ ސިޓީ އެންމެ ބޮޑަށް ދަތިވެފައިވާ ކަރަންޓުގެ މައްސަލައަކީ މިދައުރުގައި ޖެހެން ފެށީ މައްސަލައެއް ނޫން ކަމަށެވެ. މިއީ އެތައް ދައުރެއް ނިމިގެން ދިޔައިރު ވެސް ހައްލު ނުވި ކަމެއް ކަމަށާއި، އަބަދުވެސް ހައްލު ކުރާ ވާހަކަ ދެއްކި ނަމަވެސް ހައްލެއް ނުލިބުނު މައްސަލައެއް ކަމަށެވެ. އަދި މިއީ މިދިޔަ ސަރުކާރުގައި ވެސް އޮތް މައްސަލައެއް ކަަމަށާއި، މަޖިލިސް އަދި ކައުންސިލްގެ ސުޕަމެޖޯރިޓީ އޮތް އިރުވެސް ހައްލު ނުވި ކަމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.