ކާރަކާއި ސައިކަލެއް ޖެހި ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ
ދަޕްރެސް
8 މާރިޗު 2026 | އާދިއްތަ | 10:50
ކާރަކާއި ސައިކަލެއް ޖެހި ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ލ. ގަމު ތުނޑި މާފަތް މަގާއި އިޖުތިމާއީ ގުޅުން ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގެ 21:39 ހާއިރުކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.