ވައިގެ މަގުން 6 ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް ރާއްޖެ އެތެރެކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފި
ދަޕްރެސް
8 މާރިޗު 2026 | އާދިއްތަ | 10:51
ވައިގެ މަހުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ތިން މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޭރު ކަސްޓަމްސައިން ބުނީ، އެތަކެތީގެ ބަރުދަނުގައި 6700 ގްރާމް ހުރި ކަމަށާއި އެ ތަކެތި ޓެސްޓު ކުރި އިރު އެ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 5.36 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދީފައި ވެއެވެ.