އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިފި

ދަޕްރެސް

8 މާރިޗު 2026 | އާދިއްތަ | 1:46

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށެވެ. ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ އެ އުސޫލުގެ ދަށުން ދޫކުރާނީ ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތިކަމަށެވެ. "ގޯތިގެދޮރު" ޕްރޮގްރާމްގައި ދެ ކެޓަގަރީއެއް ހަމަނާފައިވާއިރު ކެޓަގަރީ އެކެއްގައި ހިމެނެނީ މާލޭ ރަށްވެހިންނެވެ. ދެވަނަ ކެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ.

މައުޟޫޢުތަށް