ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދުކުރާނެ!
ދަޕްރެސް
8 މާރިޗު 2026 | އާދިއްތަ | 2:24
މި ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މާލޭގެ 21 މިސްކިތެއްގައި ދަމު ނަމާދުކުރާނެ އެވެ. އަދި ވިލިމާލޭގެ 3 މިސްކިތަކާ، ހުޅުމާލެ ފޭސް 1 ގެ ހަ މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ފަސް މިސްކިތެއްގައި ފަހު ދިހައެއް ގައި ދަމު ނަމާދުކުރާނެ އެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ ފަހު ދިހައެއް ގައި މާލޭ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތް އަދި ހުޅުމާލޭގެ 8 މިސްކިތެވެ.