އުމްރާއަށް ނުފުރުނު 164 އުމްރާވެރިން މިރޭ ފުރޭނެ އިންތިޒާމު ހަމަޖައްސައިފި

ދަޕްރެސް

8 މާރިޗު 2026 | އާދިއްތަ | 3:29

އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްފައިކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައިކަމަށެވެ.

ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މައުޟޫޢުތަށް