ފިތުރު ޒަކާތުގެ ގޮތުގައި ރޯދައިގެ ފުރަތަަމަ 15 ދުވަހު 5.5 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

ދަޕްރެސް

8 މާރިޗު 2026 | އާދިއްތަ | 3:52

ފިތުރު ޒަކާތުގެ ގޮތުގައި ރޯދައިގެ ފުރަތަަމަ 15 ދުވަހު 5.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ހާމަވާގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ އަކީ 5،482،171ރ. އެވެ. އަދި މި މުއްދަތުގައި މިދިޔަ އަހަރު ލިިބިފައި ވަނީ 4,460,199ރ. ކަމަށްވެސް ޒަކާތު ހައުސްގެ ތަފާސްހިސާބުން ދައްކައެވެ.

މީގެއިތުރުން 2024 ވަނަ އަހަރު މި މުއްދަތުގައި 2،626،587ރ ލިބިފައިވާއިރު 2023 ވަނަ އަހަރު ލިބފައިވަނީ 2،794،579ރ ކަމަށްވެސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް