ހުސައިން ޔީ: ދީނީ ކަންކަން ހޯދުމުގެ ދަތުރުގައި އިސްލާމްދީންގެ ހިދާޔަތު ލިބުން!

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 2:33

މުހައްމަދު ހުސައިން ޔީ ބިން އަބްދުﷲ އުފަންވީ 1954 ވަނަ އަހަރުގައެވެ. ހުސައިން ޔީ އަކީ މެލޭޝިޔަން ޗައިނީސް މުސްލިމް އިލްމުވެރިއެކެވެ. ހުސައިން ޔީ އުފަންވީ ބުޑިސްޓް އާއިލާއަކަށެވެ. އޭނާ އިސްލާމްވެވަޑައިގަތީ އުމުރުން 18 އަހަރުގައި ކަމަށްވާއިރު، ޔީ ކިޔަވައި ވިދާޅުވީ 20 ވަނަ ގަރުނުގެ ހަދީސް އިލްމުވެރިޔާ މުހައްމަދު ނާސިރުއްދީން އަލް އަލްބާނީގެ އަރިހުންނެވެ.

ހުސައިން ޔީއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ކުރިން އޭނާ ވަނީ ފައްޅީގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، ބުޑިސްޓުންނަށް ހިދުމަތްކުރުމުގައި ހޭދަކޮށްފައެވެ. އެއަށްފަހު ކްރިސްޓިއަން ދީން ގަބޫލުކޮށް ހަމަ އެފަދަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭރުވެސް އޭނާ ދިޔައީ އެކި ދީންތަކުގެ ކަންކަން ހޯދާ ބަލަމުންނެވެ. އެންމެ ފަހުން އޭނާ އަށް އިސްލާމްދީން ގެ ކަންތައްތައް އެނގި، ދީން ރަނގަޅަށް ދަސްކުރުމަށްޓަކައި ހަތަރު އަހަރު ވަންދެން މިސްކިތްތަކުގައި އުޅުއްވިއެވެ. އިހްލާސްތެރިކަމާއެކު ދީނީ ކަންކަން އޮޅުން ފިލުވުމަށް ނުކުތް ދަތުރުގައި އޭނާއަށް އަމާން އައްސޭރިއެއް ލިބިގެން ދިޔައެވެ.

ހުސައިން ޔީ އަކީ ވާޗުއަލް އިންޓަނޭޝަނަލް އިސްލާމިކް ލެކްޗާ ސާކިއުޓާއި ޑިސްކަވާ އިސްލާމް ޓީވީ (ބަހްރެއިން)، އިސްލާމް ޗެނަލް ލަންޑަން (ޔޫކޭ)، ޕީސް ޓީވީ (އިންޑިއާ)، އަދި އައިކިއުއާރުއޭ ޓީވީ (ޔޫކޭ) ފަދަ މީޑިއާ ނެޓްވޯކްތަކުގައި ދެއްކެވި ސާދާ އަދި ވިސްނުން ތޫނު ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ޝަހްސިއްޔަތެކެވެ.

މައުޟޫޢުތަށް