ކ. ހުރާގައި ކަރަންޓާ، ފެން އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފި

ދަޕްރެސް

9 މާރިޗު 2026 | ހޯމަ | 2:31

ކ. ހުރާގައި ކަރަންޓާ، ފެނާ، ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މީގެ ކުރިން ހުރާގައި މިހިދުމަތްތައް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންކަމުގައިވާ އިރު މިއެއްބަސްވުމާއެކު ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ސްޓެލްކޯ އިން ބުނީ ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ދެމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް