ކޮމަންވެލްތަކީ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލައި މަސްލަހަތު ހިމާޔަތް ކޮށްދޭ މުހިންމު ޖަމިއްޔާއެއް: ހަލީލު

ދަޕްރެސް

9 މާރިޗު 2026 | ހޯމަ | 10:39

ކޮމަންވެލްތަކީ ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު އުފުލައި، އެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކޮށްދޭ މުހިންމު ޖަމިއްޔާއެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ސިފަކުރައްވައިފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގަ އާންމުކޮށްފައިވާ ބަޔާނުގައެވެ. މި އަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރަނީ "ފާގަތި ކޮމަންވެލްތަކަށް އެންމެން ގުޅިގެން ފުރުސަތުތައް ފަހިކުރުން" މި ޝިއާރުގެ ދަށުންނެވެ.

މިނިސްޓަރު ހަލީލު ވިދާޅުވީ، މި ޝިއާރަކީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ހިއްސާކުރާ ލަނޑުދަނޑިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ޝިއާރެއް ކަމަށެވެ. އަދި ވޭތުވެދިޔަ ހަތް ދިހަ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ކޮމަންވެލްތު ދެމިއޮތީ އުންމީދީ ނަމޫނާއެއްގެ ގޮތުގައިކަން ހަލީލު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް