ޔޫރިން އިންފެކްޝަން: ރައްކާތެރިވުމަށް ބޭނުންވަނީ ހައިޑްރޭޝަން އާއި ސާފުތާހިރުކަމާ، ފައިދާ ހުރި ކާނާ!

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 5:00

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ، ކޮންމެ މީހަކަށްވެސް ދިމާވެ ދާނެ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނާ، އުމުރުން ދުވަސްވީ މީހުންނާ، ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކުގެ ތެރޭގައި މިއީ އާންމުކަމެކެވެ

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން އަކީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އުފެދުމެވެ. ޔޫޓީއައިގެ ވޭނާ ކުރިމަތިލާންޖެހެނީ ހަށިގަނޑުން ކުޑަކަމުދާ ނަޖިސް ބޭރުކުރުމަށް ބޭނުންކުރާ ޔޫރެތްރާ ގައި ބެކްޓީރިއާ އުފެދިގެންނެވެ. އެހެން ނަމަވެސް ކުޑަކަމުދާ ނިޒާމުގެ ކޮންމެ ދިމާލެއްގައި ވެސް ބެކްޓީރިއަލް އިންފެކްޝަން އުފެދިދާނެއެވެ. އެ ގޮތުން ކިޑްނީ، ޔުޓެރަސް، ބްލެޑާ ނުވަތަ ޔޫރެތުރާ އަކީ މި އިންފެކްޝަން އުފެދިދާނެ ތަން ތަނެވެ. މިއީ ކުޑަކަމުދާ ނިޒާމަށް އެންމެ އާންމުކޮށް ދިމާވާ މައްސަލަ ތަކުގެ ތެރެއިން އެއް މައްސަލައެވެ.

އާންމުކޮށް ޔޫޓީއައި ޖެހޭ ސަބަބުތަކުގެ ތެރޭގައި ކުޑަކަމު ނުގޮސް މާ ގިނަ އިރު ހުރުން، ހަކުރު ބަލި، މާ ބަނޑުވުން، ކެފެއިން ހިމެނޭ ބުއިންތައް މާ ގިނައިން ބޭނުންކުރުން، ކުޅިކޮށް އަދި މާ ލޮނުގަދަކޮށް ކެއުމުގެ އިތުރުން ޖިންސީ ގުޅުމުގެ ސަބަބުންވެސް އިންފެކްޝަން އުފެދެއެވެ. މީގެ އިތުރުން ހަށިގަނޑަށް ފެން ބޭނުންވާ މިންވަރަށް ފެން ނިލުބުމަކީ އިންފެކްޝަން އުފެދޭ އެންމެ މައިގަނޑު އެއް ސަބަބެވެ.

މައުޟޫޢުތަށް