ބަލި މީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް"ތައް އިތުރުވަނީ، ސަމާލުވޭ!

ދަޕްރެސް

10 މާރިޗު 2026 | އަންގާރަ | 2:43

ބަލި މީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެ ސެންޓަރުން ބުނީ ފަހަކަށް އައިސް ފޭސްބުކްގެ އިތުރުން ސޯޝަލް މީޑިއާގެ އެކި މަންސަަތަކުގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަސް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހިމެނޭޭ ގިނަ ޕޯސްޓުތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމް ކަމަށް ފުލުހުން ބުނެއެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އެކި ވެބްސައިޓުތަކުން ބަލި މީހުންގެ ފޮޓޯ ނަގައިގެން ބޭނުންކޮށް މީހުންގެ އިހުސާސްތަކާ ކުޅެން މަސައްކަތްކުރާ ކަމަށެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމަށް، މަކަރުން ފައިސާ ހޯދާ މީހުން މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް