ދެ އިންތިހާބު އެކުއެކީ ބޭއްވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން 3 ހުށަހެޅުމަކަށް ތާއީދު ލިބުނު: ނާޒިމް
ދަޕްރެސް
10 މާރިޗު 2026 | އަންގާރަ | 7:24
ދެ އިންތިހާބު އެކުއެކީ ބޭއްވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅި 3 ހުށަހެޅުމަކަށް ތާއީދު ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން 2008 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅި 3 ހުށަހެޅުން ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުނު މި ތިން އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ.