ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި
ދަޕްރެސް
10 މާރިޗު 2026 | އަންގާރަ | 7:44
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނުގެ ތިން ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ޑިފެންސް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ފުރިހަމަ ސިއްހަތެއްގައި ހުރި އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިކުރެވޭނީ، މި ހިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.
3 މަސް ދުވަހުގެ މި ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ. މާފިލާފުށީ ގައެވެ.