ޖަޒްލާ: ފޮޓޯގްރަފީގެ އެންމެ ލެންސެއްގެ ތެރެއިން ދައްކުވައިދިނީ އަޖައިބުކުރަވިނިވި އެތައް މަންޒަރުތަކެއް

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 11:00

ފޮޓޯގްރަފީއަކީ އެންމެ ލެންސެއްގެ ތެރެއިން ދުނިޔޭގެ ރީތިކަން ހިފަހައްޓައިދޭ ފަންނެކެވެ. މި ފަންނުގައި ކުރި އަރަމުންދާ ދިވެހި ޒުވާނުންގެ ތެރެއިން އުމުރުން 32 އަހަރުގެ އައިޝަތު ޖަޒްލާގެ ދަތުރަކީ ހިތްވަރާއި ކެތްތެރިކަމުގެ ވާހަކަ ކިޔައިދޭ ދަތުރެކެވެ. ކުޑައިރު ހިތަށް ވެރިވި ހުވަފެނެއް، ހިތްވަރާ އެކު ހަގީގަތަކަށް ހެދުމަށް ޖަޒްލާ ކުރި ބުރަ މަސައްކަތުގެ ވާހަކައެވެ.

މި ވާހަކަތައް "ދަ ޕްރެސް" އަށް ކިޔައިދެމުން ޖަޒްލާ ބުނީ އޭނާގެ ފޮޓޯގްރަފީ ދަތުރު ފެށިގެން ދިޔައީ ވަރަށް ތުއްތު ދުވަސްވަރެއްގައި ކަމަށެވެ. އެގޮތުން ޖަޒްލާ ކުޑައިރު، ޖަޒްލާގެ ހިތުގެ ޝައުގުވެރިކަން ދެނެގަތް އޭނާގެ ލޯބިވާ މަންމައާއި ބައްޕަ ޖަޒްލާގެ 16 ވަނަ އުފަން ދުވަހަށް ދިން ހަދިޔާ އަކީ އޭނާގެ ދިރިއުޅުން ބަދަލު ކޮށްލި އެެއްޗެކެވެ. ޑީއެސްއެލްއާރް ކެމެރާއެއް ޖަޒްލާގެ މައިންބަފައިންގެ އަތުން ލިބުމާއެކު ޖަޒްލާ ފެށީ އަމިއްލަ މީހާގެ ފޮޓޯ ނެގުމަށެވެ.

މިކަމަށް ޖަޒްލާގެ މައިންބަފައިންގެ ފަރާތުން ލިބޭ ފުރިހަމަ އެހީތެރިކަމަކީ ޖަޒްލާ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްގެން ހުރުމުގެ ސިއްރެވެ. ޖަޒްލާގެ މަންމަ އަބަދުވެސް ތަފާތު ފޮޓޯ ނެގުމުގެ އާ ސްޓައިލްތައް ހޯދާ ޖަޒްލާއަށް ފޮނުވާކަމަށް ޖަޒްލާ ބުންޏެވެ. އާއިލާގެ ފަރާތުންވެސް ޖަޒްލާއަށް މި މަސައްކަތް ކުރުމަށް ލިބެނީ ދެވަނައެއް ނެތް ފަދަ ފުރިހަމަ ސަޕޯޓެކެވެ.

މައުޟޫޢުތަށް