ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ދަޕްރެސް

11 މާރިޗު 2026 | ބުދަ | 2:21

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި ހަމަ އެ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.

މި ލިސްޓު ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ އެވެ. އެސްއެމްއެސް ކުރާނީ 4 141 އަށެވެ.

ލިސްޓުގައިވާ ގޮތުން ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

މައުޟޫޢުތަށް