ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކުރަން ފަށައިފި

ދަޕްރެސް

11 މާރިޗު 2026 | ބުދަ | 9:09

ބޭސް އެތެރެކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް އުފެއްދި 'ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް' އިން ރަސްމީކޮށް ބޭސް އެތެރެކުރަން ފަށާފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަކޮށް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި، އާ ކުންފުންޏެއް އުފެއްދިތާ ހަ މަސްވެފައިވާއިރު 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ ރަށްރަށަށް ބޭނުންވާ ބޭސްތައްވެސް އެ ކުންފުނިން ސަޕްލައިކޮށްދެމުން ދާ ކަމަށެވެ.

މީގެ އިތިރުން މިނިސްޓަރު ވިދާޅުވީ މިކަމަށް ހާއްސަ ވަކި ކުންފުންޏެއް އުފެއްދުމުގެ ނަތީޖާއަކަށް ވާނީ މުޅި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށްޓަކައި 'ފޯކަސް' ކުރެވިގެން މަސައްކަތްކުރާނެ ހާއްސަ ބަޔަކު ތިބުން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭސް އެތެރެކުރަން ހާއްސަ ކުންފުނިތައް ހުންނަ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބޭސް ކުންފުނިން މަސައްކަތް ކުރާނީ އެހެން ގައުމުތަކުގެ އެފަދަ ކުންފުނިތަކާ ވެސް ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް