ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީގައި އިފްތިތާހުކޮށްފި
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 10:54
ބޭންކް އޮފް މޯލްޑިވްސްގެ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" އައްޑޫ ސިޓީގައި އިފްތިތާހުކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. ޖަރުމަނުގައި ކުރިއަށްދިޔަ އައިޓީބީ ބާލިންގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވޮލެޓް ރަސްމީކޮށް އިފުތިތާހުކޮށްފައިވާއިރު، އައްޑޫ ސިޓީއަކީ ރާއްޖޭގައި މި ވޮލެޓް ތައާރަފުކުރި ފުރަތަމަ މަންޒިލެވެ.
ރޭ މި ހިދުމަތް ތައާރަފުކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޒަމާނީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެވޭނެ އެކި ޕްރޮގްރާމްތަކުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.