އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 11:06
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
މިއަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޮ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ. އެގޮތުން މިމަހުގެ 14 އަދި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެއެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެއެވެ. އަދި މި ދެ ދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެއެވެ.
ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ އަދި ގޮދަން ފުށުގެ އިތުރުން އާޓާ ފުށެވެ.