ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 11:55

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ރެއިންބޯ ކޮންސްޓްރެކްޝަނާ ހަވާލުކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ބުނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުކުރިއަށްދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ވެންޗާ ކުންފުނި ކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.

މައުޟޫޢުތަށް